ACTIVITY 2
އެކްޓިވިޓީ 2 (ނަމްބަރ
ހެޑްސް ޓުގެދަރ) 40 މިނިޓްގެ
ފިލާވަޅަކަށް ގެންދެވިދާނެ އެކްޓިވިޓީއެއް
ގްރޭޑް: 8
ސުރުޚީ: ދޭހަ
މަޤުސަދު: ދަރިވަރުންނާ ކުރެވޭ ސުވާލުތަކުގެ
ތެރެއިން ކުލާހުގެ 95% ދަރިވަރުން
ރަނގަޅުޖަވާބުދިނުން
އެކްޓިވިޓީ ގެންދާނެގޮތް:
v ކުލާސް ހަކުދިން ހަކުދިންގެ ގުރޫޕަށް
ބަހާށެވެ.
v ދަރިވަރުންނަށް ދޭހައެއް ދިނުމަށްފަހު
ދޭހައިގެ ސުވާލުތައް ގުރޫޕަށް ހަވާލުކުރާށެވެ. (10މިނެޓް)
v ދޭހައިގެ ހުރިހާސުވާލުތަކުގެ ޖަވާބު
ގުރޫޕުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް އިރުޝާދުދޭށެވެ. (15މިނެޓް)
v އަދި ކޮންމެ ގްރޫޕެއްގެ
ދަރިވަރުންނަށްވެސް އެކަކުން ހަޔަކަށް ނަމްބަރުދޭށެވެ.
v މަޝްވަރާތަކުގައި ހުރިހާކުދިން
ބައިވެރިވުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭށެވެ.
v
މަޝްވަރާއަށްފަހު ކޮންމެ ގުރޫޕަކުންވެސް
ޖަވާބުދޭނީ މުދައްރިސް ބުނާ ނަމްބަރެއްގެ ކުއްޖާކަމުގައި ބުނާށެވެ.
ގުރޫޕް މަޝްވަރާ
ނިމުމުން މުދައްރިސް ނަމްބަރެއްބުނެ ފުރަތަމަ ސުވާލުގެ ޖަވާބުދިނުމަށް ބުނާނީއެވެ.
"މިސާލަކަށް ނަމްބަރު 4 ފުރަތަމަ ސުވާލުގެ ޖަވާބު" މިހެން ބުނުމުން ކޮންމެ
ގުރޫޕެއްގެ ވެސް 4 އެގުރޫޕުން މަޝްވަރާކޮށްފައިވާ ޖަވާބު ކުލާހަށް
ހުށަހަޅާނީއެވެ. އަދި ހުށަހެޅުނު
ޖަވާބުތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނީއެވެ. (15މިނެޓް)
އެކްޓިވިޓީ 2
ސުރުޚީ: ވާހަކަދެއްކުންތެރިކަން
ގްރޭޑް: 9
މަޤުސަދު: ވާހަކަދެއްކުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްފަހު
ވާހަކަދެއްކުމަށް ލިބޭ މަޢުޟޫއަކަށް 4-3 މިނެޓާއި
ދެމެދުގެ ވަގުތަކަށް ވާހަކަދެއްކުން
އެކްޓިވިޓީ ގެންދާނެގޮތް:
v 5 ނުވަތަ 6
ކުދިންހިމެނޭ ގޮތަށް ކުލާސް ގުރޫޕް ކުރާށެވެ. (3މިނެޓް)
v އެއަށްފަހު ކޮންމެ ގުރޫޕަކުން
އެއްކުއްޖަކު ރެކޯޑަރެއްގެ ގޮތުގައި ހަމަޖައްސާށެވެ. (2މިނެޓް)
v ވާހަކަދެއްކުމަށް މަޢުޟޫއުތަކެއްދީ
އެމަޢުޟޫއާއި ދޭތެރޭ މަޝްވަރާކުރުމަށް ދަރިވަރުންނަށް ފުރުސަތު ދޭށެވެ. (10މިނެޓް)
v ގުރޫޕުގައި މަޝްވަރާކުރަމުންދާއިރު
މުހިއްމު ޕޮއިންޓްތައް ރެކޯޑަރު ނޯޓު ކުރާނެއެވެ. (10މިނެޓް)
v މިގޮތަށް ފަހަރަކު ދަރިވަރަކު
ރެކޯޑަރަކަށް ވުމަށް ފުރުޞަތު ދޭނީއެވެ.
v ރެކޯޑަރުގެ ގޮތުގައި މަސައްކަތްކުރާ
ކޮންމެ ދަރިވަރަކުވެސް ސުވާލުކުރާނީ ވާހަކަ ދެއްކުމަށް ހަޖެހިފައިވާ މަޢުޟޫއު ތަކުގެ ތެރެއިން ތަފާތު މަޢުޟޫއަކަށް
ތަފާތު މައުލޫމާތު ލިބޭގޮތަށެވެ.
v
ހުރިހާ ރެކޯޑަރުން
ރެކޯޑުކޮށްފައިވާ މުހިއްމު ޕޮއިންޓުތައް ގުރޫޕަށް ހުށަހަޅާށެވެ. (5މިނެޓް)
އެއަށްފަހު އެމަޢުލޫމާތުތައް ބޭނުންކޮށްގެން
ދަރިވަރުން ކުލާހުގައި ވާހަކަދައްކާނީއެވެ. (10މިނެޓް)
ވާހަކަދެއްކުމަށް ދެވިދާނެ މަޢުޟޫއު
ދިވެހިންގެ ރީތި އާދަކާދަ
ތަޢުލީމުގެ މުހިންމުކަން
ތިމާވެށި ހިމާޔަތްކުރުމުގެ މުހިއްމުކަން
މަސްވެރިކަމުގެ އެހާރާއި މިހާރު
އެކްޓިވިޓީ 3
ސުރުޚީ: ސިޓީލިޔުން
ގްރޭޑް: 9
މަޤްސަދު: -ރަށުގެ ތަރައްޤީއަށް
ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން އަމިއްލަ ޖަމްޢިއްޔާއަކުން ހިންގުމަށް
ރާވާފައިވާ ޕޮރުގުރާމެއްގެ މަޢުލޫމާތު ރަށުކައުންސިލަށް ދިނުމަށް ލިޔާސިޓީއެއް
ލިޔުން
-އަމިއްލަފަރާތަކުން ރަސްމީ
ފަރާތަކަށް ލިޔާސިޓީއެއްގެ އޮނިގަނޑު ރަނގަޅަށް އަތުރާ ސިޓީލިޔުން
އެކްޓިވިޓީ
ގެންދާނެގޮތް:
ދަރިވަރުންނަށް ސިޓީއާއިބެހޭ މަޢުލޫމާތުދޭށެވެ. ސިޓީގައި ދަރިވަރުން ހިމަނާނީ
ހަވާލުކުރެވޭ ވޯކްޝީޓުގައިހުރި މަޢުލޫމާތުކަން ދަރިވަރުންނަށް ކިޔައިދޭށެވެ. (5 މިނެޓް)
އެންމެ ފުރަތަމަ 5 ކުދިން ނުވަތަ 6 ކުދިންގެ
ގްރޫޕްތަކަށް ދަރިވަރުން ބަލާށެވެ.
މަޢުލޫމާތު ޝީޓް ދަރިވަރުންނާއި
ހަވާލުކުރުމަށްފަހު ގުރޫޕް މަޝްވަރާކުރުމަށް ވަގުތުދޭށެވެ. މިގޮތަށް
މަޝްވަރާކުރާއިރު ގްރޫޕުތަކުގައި ދިމާވެފައިވާ މައްސަލަ ތަކާބެހޭގޮތުންގްރޫޕް
ތަކުގައި މަޝްވަރާ ކުރާށެވެ. އެއަށްފަހު،
Ø
ރަށުގެ ތަރައްޤިއަށް ކުރެވެމުންދާމަސައްކަތާއި، މިހާރު ދިމާވެފައިވާ
މައްސަލަތައް
Ø
ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ސަބަބުން ކުރާނެ ފައިދާ، ލިބޭނެ
ކުރިއެރުންތައް
Ø
މިޕޮރުގުރާމް ހިންގުމަށް ހުރި ހުރަސްތައް
Ø
މިކަމަށް އިސްނަގައިގެން މަސައްކަތް ކުރާސަބަބު
Ø
މީގެ ކުރީގައި ހިންގަމުންދިޔަ ޕޮރުގުރާމާއި މިފަހަރުގެ ޕްރޮގުރާމާއި
ހުރިތަފާތު (އުފެއްދުންތެރި ޚިޔާލު)
Ø
މިޕްރޮގުރާމުގައި އިސްކޮށް ޙަރަކާތްތެރިވާނެ ބޭފުޅެއް
އެކްޓިވިޓީ 4
ސުރުޚީ: ވާހަކަ ދެއްކުން
ގްރޭޑް: 9
މަޤްސަދު: ލަވަ ބެލުމަށްފހު ލަވައިން ފާހަގަ
ކުރެވުނު މުހިއްމު ކަންތައްތައް ނޯޓުކޮށް ދިމާވެފައިވާ މައްސަލައަށް ކޮންމެ
ގްރޫޕަކުން ރޯލްޕްލޭއެއް ތައްޔާރު ކުރުން.
ލަވައަޑުއަހުމަށްފަހު ފާހަގަކުރެވޭ މުހިއްމު ކަންތައްތައް ނޯޓު ކުރުމަށް
ބުނާށެވެ. ދެންލަވަ ދައްކާށެވެ.އެއަށްފަހު ލަވައިން ފާހަގަ ކުރެވުނު މުހިއްމު ކަންތައްތައް ނޯޓޫ
ކުރާށެވެ. ލަވަ ނިމުމުން ފާހަގަ ކުރެވުނު ތިމާވެށީގެ މައްސަލަތަކާ ބެހޭ ގޮތުން
ގްރޫޕުގައި ޚިޔާލު ބަދަލު ކުރުމަށްފަހު ތިމާވެށީގެ ކޮންމެވެސް އެއް މައްސަލައެއްގެ
މައްޗަށް ރޯލްޕްލޭއެއް ތައްޔާރުކޮށް ހުށަހަޅާށެވެ.
އެކްޓިވިޓީ5
އެކްޓިވިޓީ
ގެންދާނެގޮތް:
ގްރޭޑް: 8
ސުރުޚީ: މީޑީއާ
މަޤުޞަދު : މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ތެރެއިން ކޮންމެވެސް
އެއްވަސީލަތެއް ބޭނުންކޮށްގެން ކަމަކަށް ދަޢުވަތެއް ދިނުން.
ދަރިވަރުންނަށް މީޑިއާގެ ވަސީލަތްތަކުގެ
ފޮޓޯތައް ދެއްކުން. އެއަށްފަހު ކުރާ ބޭނުންތަކާއި ބެހޭގޮތުން ގްރޫޕްތަކުގައި
ވިސްނުމަށް 3 މިނެޓުގެ ފުރުސަތެއް ދިނުން. އަދި އެފަދަ ލިޔުންތަކުގައި ހުންނަ
ސިފަތަކާއި ބެހޭ ގޮތުން ޑިސްކަސް ކުރުން.
ކޮންމެ ގްރޫޕަކަށް މީޑިއާގެ ވަސީލަތެއްދިނުމަށްފަހު އެވަސީލަތެއް
ބޭނުންކޮށްގެން ފޮނުވާނެ ލިޔުމެއް ތައްޔާރުކޮށް ހުށަހެޅުން.
No comments:
Post a Comment